މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

މަނިޓަރީ އެސިސްޓަންޓް

ސެކްޝަން:

މަނިޓަރީ ޕޮލިސީ ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • އިކޮނޮމެޓްރިކް މޮޑެލިން، އެނަލިސިސް އަދި ޕްރޮގްރާމިންގެ މައުލޫމާތާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްޗޭންޖް މާރކެޓްގެ ހާލަތާ ގުޅުން ހުރި ދިރާސާތައް ކުރުން.
  • ލިކުއިޑިޓީ ފޯކާސްޓިންގެ މަސައްކަތާއި ބޭންކް ކްރެޑިޓް ސާރވޭގެ މަސައްކަތްތައް ކުރުން.
  • މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކްޗޫރިއަލް ސައިންސް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ރިސްކް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އިންޝުއަރެންސްގެ ދާއިރާ، އެކައުންޓިންގ އެންޑް ފައިނޭންސް، ރިސްކް މެނޭޖްމަންޓް ނުވަތަ ރެގިއުލޭޓަރީ އޭރިޔާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި، ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި މާލީ ދާއިރާ އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތަޢުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއި، ސްވިފްޓް ސިސްޓަމް މެދުވެރިކޮށް ޓްރާންސްއެކްޝަން ހެދުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޓްރެޜަރީ ބޮންޑް އެންޑް ޓީ-ބިލްސް ސެކްޝަން، ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ރަގަޅަށް އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމާ ގުޅޭ މަސައްކަތްތައް ކުރުން

މުސާރަޔާއި އިނާޔަތްތައް

  • 16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެނަލެޓިކްސްގެ  ދައިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ބޭންކިންގ ނުވަތަ ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ތައުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ ނުވަތަ ޕޭމަންޓް ސިސްޓަމްސްގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޭމަންޓް ސިސްޓަމްސްތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް ސުޕަވައިޒުކުރުން.
  • ޕޭމަންޓް ސިސްޓަމްސް ތަކާ ގުޅޭ ތަފާސް ހިސާބުތައް އެނަލައިޒްކޮށް ބެލެހެއްޓުން.
  • ނެޝަނަލް ޕޭމަންޓް ސިސްޓަމްސް ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާތައްކުރުމާއި އެކަމާއި ގުޅޭ ރެކޮމެންޑޭޝަންތައް ތައްޔާރު ކުރުމާއި، ހުށަހެޅުމާއި މި ސިސްޓަމްސްތަކަށް އާންމުން ހޭލުންތެރިކުރުމުގެ ކަންކަމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

  • 16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ޓްރެޜަރީ ބޮންޑް އެންޑް ޓީ-ބިލްސް ސެކްޝަން /ޕަބްލިކް ޑެޓް މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ ފައިނޭންސް، އިކޮނޮމިކްސް އެކައުންޓިން ގެ ދާއިރާއިން އެމްކިޔޫއޭ އެޕްރޫވްޑް ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ސަރުކާރުގެ ސެކިއުރިޓީ މާރކެޓް ހަރުދަނާކޮށް ތަރައްގީކުރުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން  އެމްކިޔޫއޭ އެޕްރޫވްޑް ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭއަށް ބޭނުންވާ ސޮފްޓްވެއަރ ތަކުގެ ރިކުއަރމެންޓްތައް ހޯދުމާއި ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި ޓެސްޓްކުރުމުގައި އެހީތެރިވެދިނުން.
  • މުވައްޒަފުންނަށް ބޭނުންވާ އައިޓީ ދާއިރާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

މެއިންޓެނަންސް އެސިސްޓެންޓް

ސެކްޝަން:

ބިލްޑިންގ އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން/  ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ބިލްޑިންގ މެއިންޓަނަންސް އާ ގުޅޭ ދާއިރާއަކުން  އެމްކިޔޫއޭ އެޕްރޫވްޑް ސެޓިފިކެޓް ލެވެލް 3 ގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ބިލްޑިންގ މެއިންޓަނަންސް ދާއިރާގެ އަމަލީ މަަަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިމާރާތް މަރާމާތު ކުރުމުގެ ގޮތުން ކަރަންޓާއި ފެންވައިރިންގެ މައްސަލަތައް ހައްލު ކުރުމާއި ވަޑާމުގެ މަސައްކަތާއި ދަވާދާއި ކުަލަލުމުގެ މަސައްކަތް ކުރުން.
  • ވޯކްސްޓޭޝަންތައް ހެދުމާއި ޕާރޓިޝަންގެ މަސައްކަތް ކުރުން.
  • އިމާރާތާއި ފަރނީޗަރ އަދި ފިޓިންސްއަށް ދިމާވާ މައްސަލަތަކުގެ މައުލޫމާތު ސުޕަވައިޒަރާ ހިއްސާ ކުރުމާއި އެކަންކަން ހައްލު ކުރުމުގައި އެހީތެރިވެދިނުން.
  • އިމާރާތާއި ފަރނީޗަރ އަދި ފިޓިންސް މަރާމާތު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބެލުމާއި މަސައްކަތުގެ ރެކޯޑް ބެލެެހެއްޓުން.

މުސާރަޔާއި އިނާޔަތްތައް

  • 9,000.00 – 13,250.00 ރުފިޔާ

 

 

 

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ޝަރުތު:

 

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން

މުސާރަޔާއި އިނާޔަތްތައް

7,000.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިޕްލޮމާ އަދި ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިޕްލޮމާ ނުވަތަ ޑިގްރީ ސެޓްފިކެޓް ލިބިފައި ނުވާނަމަ ކޯސް ނިންމި ކަމުގެ ރަސްމީ ލިޔުން
  • އޯލެވެލް، އޭލެވެލް، އެސްއެސްސީ އަދި އެޗްއެސްސީ ސެޓްފިކްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

16 މޭ 2021  ވާ އާދީއްތަ ދުވަހުގެ 12:00 އަށް


ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށެވެ.

09 މޭ 2021
ހޯދާ