މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ކެނދިކޮޅު އަވަށުން ގެވަޅު ދޫކުރާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ.ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުން އަލަށް ދޫކުރި ގެވަޅުތައް ހިމެނޭ ސަރަހައްދުގައި ނަންބަރު ނުޖެހިވާ އިތުރަށް ނަގަންޖެހޭ ރުށްގަހުގައި ނަންބަރުތައް މިހާރުވާނީ ޖަހާފައެވެ. ނަންބަރު ޖަހާފައިވާނީ V1 އުން V481 އާއި ދެމެދު އޮރެންޖު ކުލައިންނެވެ.

ވީމާ މިސަރަހައްދުގެ ރުށްގަހުގެ ވެރިފަރާތެއްވާނަމަ މާދަމާ، 06 މޭ 2021 އިން ފެށިގެން 20 މޭ 2021 ގެ 13:00 ގެ ނިޔަލަށް މިކައުންސިލުން ދޫކުރާ "ކެނދިކުޅުދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިވާ ރުއްގަހުގެ ނަންބަރުތައް ނޯޓްކުރާ ފޯރމް" ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށައެޅުމަށް ދަންނަވަމަވެ. މިކަމަށް ބޭނުންވާ ފޯމް، ރަސްމީ ގަޑީގައި މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު، ސަރުކާރުގެ ގެޒެޓްގައި މިފޯމް ޝާއިޢުކުރެވޭނެއެވެ.

       ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ރަމަޟާން  1442

05  މޭ     2021

05 މޭ 2021
ހޯދާ