ދިވެހިރާއްޖެ
މި މަރުކަޒުގެ ނަމްބަރ (IUL)H11-HC/2021/02 (05 އޭޕްރީލް 2021) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީވެ ، އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
1. މާލެއަތޮޅު ގުޅީ ކައުންސިލް އިދާރާއިން ކ.ގުޅީ ޞިއްޙީމަރުކަޒަށްކޭބަލެއް އެޅުމަށްޓަކައި ކޯރުކޮނެދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
2. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 09 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު ގެންނެވުން އެދެމެވެ.
3. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 12 މެއި 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
4. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.