ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ތެރެއިން ބާކީހުރި 15 ފްލެޓްގެ ކެޓެގަރީA ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން ފަސްކުރުން

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ތެރެއިން ބާކީހުރި 15 ފްލެޓްގެ ކެޓެގަރީA   ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން 03  މެއި 2021 ވާ ހޯމަ ދުވަހުގެ ރޭ 22:00 ގައި ތިނަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް މިއިދާރާގެ ނަންބަރ  (IUL)415/415/2021/41(29 އޭޕްރިލް 2021) އިޢުލާނުން ދެންނެވިފައި ވީނަމަވެސް ރަށުގެ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން މިދުވަސްވަރު ގިނަ މީހުން އެއްވެ ބޭއްވޭ ބައްދަލުވުންތަކާއި އެފަދަ ޙަރަކާތްތައް ނުބޭއްވުމަށް ތިނަދޫގެ އީ.އޯ.ސީ (އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ) އިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާތީ  ފްލެޓް ތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަދި، ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން އޮންނާނެ ދުވަހުން އަލުން އިޢުލާން ކުރެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 މޭ 2021
ހޯދާ