ދިވެހިރާއްޖެ
1. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ޝޮޕިންގ ގެ އުސޫލުން (ޖުމްލަ އަގު -/35,000 ރުފިޔާއިން ދަށުގެ) ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. ވީމާ، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރީ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
3. ވެންޑަރ ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާފަރާތްތަކުން ވެންޑަރ ރަޖިސްޓްރީކުރުމަށްފަހު އެކަން މިމިނިސްޓްރީގެ ފަރާތުން ލިޔުމުން އަންގާ، އެފަރާތްތައް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެވެ.
4. ވެންޑަރ ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341403,3341436
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
