ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްގޭސް ޕްރައިވެޓް ލިމިޓެޑްއިން ގ.ދ.ތިނަދޫ ގޭސް ޕްލާންޓް ހިމެނޭސަރަހައްދުގައި ކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް އޮފީސް/އެކަމަޑޭޝަން ބިލްޑިންގ އެއް އިމާރާކޮށްދޭނޭ ފަރާތެއް ހޯދުމަށް 26 އޭޕްރީލް 2021 ގައި ކުރެވުނު އިޢުލާން ( އިޢުލާން ނަންބަރ: MGPL-I/PD/2021/07 ) އާއި ގުޅިގެން ދަންނަވްމެވެ.
ގ.ދ ތިނަދޫ މޮނީޓަރިން ހާލަތުގައި އޮތުމާއި ގުޅިގެން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާޒިރުވެ މަޢުލޫމާތު ސާފުކުރުމުގެ ސެޝަން މާލޭގައި ބާއްވާގޮތަށް ވަނީނިންމާފައެވެ. ވީމާ، ތިރީގައި ވާ ތާވަލްއާއި އެއްގޮތްވާގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
06 މެއި 2021 ވާ ބުރާސްފަތި ދުވަހު 11:00 އަށް ( މޯލްޑިވްގޭސް ހެޑްއޮފީސް، އެސް.ޓީ.އޯ ޓްރޭޑްސެންޓާެރ 1 ވަނަ ފަންގިފިލާ ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
11 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް ( މޯލްޑިވްގޭސް ހެޑްއޮފީސް، އެސް.ޓީ.އޯ ޓްރޭޑްސެންޓާެރ 1 ވަނަ ފަންގިފިލާ ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
- މިކުންފުނިން ކޮށްފައިވާ އިޢުލާން ( ޢިއުލާން ނަންބަރ: MGPL-I/PD/2021/08 ) ޓެންޑާގައި ބައިވެރިވެލައްވާ ފަރާތްތަކުން މި ޓެންޑާގައި ބައިވެރި ނުވެވޭނެ ވަހާކަ ދަންނަވަމެވެ.
02 މެއި 2021