ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި އިންސްޓިޓިއުޓަށް 08 ކޮމްޕިއުޓަރ އަދި 02 ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެއެވެ.

މި އިންސްޓިޓިއުޓަށް 08 ކޮމްޕިއުޓަރ  އަދި 02 ލެޕްޓޮޕް  ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.  

  

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް2021މެއި 02 އިން ފެށިގެން 2021މެއި 10 ގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަންފޯމްގެލިންކް:https://forms.gle/TCM59ExqrmH9h9hL7

 

  • ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މެއި 18 ވަނަ ދުވަހު 10:00ގައި ސްޓާރކްލައުޑް ބިލްޑިންގ( މ. ޗަނބޭލީވިލާ) ފަސްވަނަ ފަންގިފިލާގައެވެ.
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މެއި 02އިން ފެށިގެން 2021 މެއި10 ގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]

 

 

 

  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.

02 މޭ 2021
ހޯދާ