ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ A ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން

އިޢުލާން

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ތެރެއިން ބާކީހުރި 15 ފްލެޓްގެ ކެޓެގަރީ ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން 03  މެއި 2021 ވާ ހޯމަ ދުވަހުގެ ރޭ 22:00 ގައި ތިނަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އެގޮތުން ކެޓަގަރީ A ގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 42 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައެވެ.

އަދި، ކެޓަގަރީ A  ގެ 44 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަކީ ގުރުއަތަށް ނުގޮސް ފްލެޓް ޔަގީން ވެފައިވާ ފަރާތްތަކެވެ. ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން އޮންނާނީ ކެޓަގަރީ A އިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހުގައެވެ. 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 އޭޕްރިލް 2021
ހޯދާ