ދިވެހިރާއްޖެ
ބީލަމުގެ ނަން: އީ-ގަވަރމަންޓް އެޕްލިކޭޝަން ޑިވޮލޮޕް ކުރާނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ހުށަހެޅުން: 06 މެއި 2021 ގައި 12:00 ގައި
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުމަށް އީ-ގަވަރމަންޓް އެޕްލިކޭޝަން ޑިވޮލޮޕް ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާން ނަންބަރު: (IUL)164-PRO/1/2021/17 (27 އޭޕްރީލް 2021) އާއި ގުޅިގެން 29 އޭޕްރީލް 2021 (10:30) ގައި ބޭއްވުނު ބިޑް މައުލޫމާތު ސެޝަންގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ބިޑާއި ގުޅުންހުރި މައުލޫމާތު ކަރުދާހަށް ކުދި ބަދަލުތަކެއް ގެނެވިފައިވާތީ، އަދާހަމަކުރެވިފައިވާ މައުލޫމާތު ކަރުދާސް އަދި ފޯމުތައް އަލުން ޝާއިއުކުރީމެވެ.
މިގޮތުން ބަދަލުގެނެވިފައިވާ ލިޔުންތަކަކީ:
- 1. ބިޑް އިންފޮމޭޝަން ޝީޓް
- 2. ބިޑް އެޕްލިކޭޝަން ފޯމް
- 3. ޓީމް މެމްބަރސް ޑޭޓާ ފޯމް
މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހަވާލާދެވިފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގަޑިއަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކޮނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން އަންދާސީ ހިސާބު ހުށަހެޅުމަށް، ކޮންމެ ފަރާތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަން ވާނީ އެންމެ ބޭފުޅެކެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް، ވަޑައިގަންނަވާ ފަރާތްތަކުން އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތު ( ބިޑް ހުށަހަޅުއްވާ ކޮމްޕެނީގެ ނަން، ބައިވެރިވާ ބޭފުޅެއްގެ ނަން، ގުޅޭނެ ފޯން ނަމްބަރު އަދި އައިޑީ ކާޑް ނަންބަރު) 05 މެއި 2021 ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
17 ރަމަޟާން 1442
29 އޭޕްރިލް 2021