މަގާމު:
|
އެގްޒެކެޓިވް އެސިސްޓެންޓް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާގެ ބޭނުން:
|
ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުގައި ހިމެނޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި ރާވާ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ކަންތައް ރާވާ ހިންގުން.
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާ ކުރަން ޖެހޭ ތަން:
|
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
|
މުސާރަ:
|
-/9،483ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހިއްޖެ ނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
ކޯޕަރޭޓް އެފެއާރސް
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައިނުވުން.
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މީހުންނާ މުޢާމަލާތުކުރުމުގައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
- ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
- މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އަރިހަށް ގެންދަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެންޓަރ ކުރުމާއި، ޗިލްރަންސް އޮމްބަޑްސްޕާރސަންގެ ލަފާފުޅާއެކު ޖަވާބުދާރީ ވާންޖެހޭ ލިޔުންތަކަށް ޖަވާބުދާރީ ވުމާއި އަދި ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދު ކުރުމާއި ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކާއި ނިއުސް ކޮންފަރެސްތައް އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމަހައި ކަންތައްތައް ހަމަޖެއްސުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ ސީނިއަރ މެނޭޖްމަންޓްގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި، ބައްދަލު ވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުންތައް ޑިޕާޓްމަންޓްތަކާ ހިއްސާކުރުމާއި، ނިންމުންތަކަށް ޢަމަލުކުރެވޭ މިންވަރު ބަލައި ޗިލްރަންސް އޮމްބަޑްސްޕާރސަން އަށް ރިޕޯޓްކުރުން
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ ކޮޓަރިކޮޅަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަން ބައިވެރިވެ ވަޑައިގަންނަވަންޖެހޭ ޓީވީ/ރޭޑިއޯގެ ޕްރޮގްރާމް ތަކާއި ފޯރަމްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަން ކުރައްވާ ދަތުރުފުޅުތަކާއި ގުޅިގެން (ރާއްޖޭގެ އެކިކަންކޮޅުތަކަށާއި ރާއްޖެއިން ބޭރަށް) ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ މަސައްކަތްޕުޅުތައް ބެލެހެއްޓުމުގައި، ޒިންމާ ދާރުވުމާއި، ސިއްރު ހިފެހެއްޓުމާއި އެކު މަސައްކަތްތައް ބެލެހެއްޓުން.
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓާ ފައިލްކުރުން.
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބޭ ސިޓީ ތަކާއި ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުމާއި ސިޓީ އަދި ލިޔެކިޔުންތައް ރައްދުކުރަންޖެހޭ ސެކްޝަންތަކަށް ރައްދުކުރުން.
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސެކްޝަންތަކުގެ މަސައްކަތްތަކުގައި އެހީތެރިވާން ޖެހިއްޖެ ހާލަތެއްގައި އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%30)
- މަސައްކަތުގެ ތަޖުރިބާ (%20)
- އިންޓަވިއު/އިމްތިހާން (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އެ ކުންފުނީގައި ވަޒީފައި އަދާކުރާ މުވައްޒަފުންގެ އަދަދު ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި ހިމަނަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 6 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ.
|