ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
4 ރީޖަނަލް ހޮސްޕިޓަލެއްގެ ލޯންޑްރީ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

4 ރީޖަނަލް ހޮސްޕިޓަލެއްގެ ލޯންޑްރީ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

4 ރީޖަނަލް ހޮސްޕިޓަލެއްގެ ލޯންޑްރީ އިމާރާތުގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.ވީމާ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތައް:

  • ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ގދ. ތިނަދޫ، ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް

 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ހޮސްޕިޓަލްގެ ނަމާއި އެކު، 2021 މެއި 06 ވަނަ ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 އީމެއިލް އެޑްރެސް: [email protected] 

                

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 މެއި 06 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން: ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް، މައުލޫމަތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ބަޔާންކުރެވިފައިވާ ތަންތަނުގައެވެ.  އަދި ބީލަމާއި ގުލޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނަ ތާރީޙެއް، 06 މެއި 2021 ވަނަ ދުވަހު، ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް އެންގޭނެއެވެ.

  • ހދ. ކުޅުދުއްފުށި އެސްޓީއޯ ފިހާރަ
  • ރ. އުނގޫފާރު އެސްޓީއޯ ފާރމަސީ
  • ލ. ގަން އެސްޓީއޯ ފާރމަސީ
  • ގދ. ތިނަދޫ އެސްޓީއޯ ފިހާރަ
  •  އެސްޓީއޯ ހެޑްއޮފީސް

 

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 މެއި 10 ވަނަ ދުވަހުގެ 1100  ގެ ކުރިން، އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 މެއި 11 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 މެއި 17 ވަނަ ދުވަހުގެ 1100 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3344374, 3344195  3344262,

 އީމެއިލް: [email protected]  

 

29 އެޕްރީލް 2021
ހޯދާ