ދިވެހިރާއްޖެ
މިއެސޯސިއޭޝަންގެ 21 އޭޕްރިލް 2021 ގެ އިޢުލާން ނަންބަރު: BAM/IUL/2021/12 ގައި ވާފަދައިން 21 އޭޕްރިލް 2021 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި މި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ޒޫމް ވަރޓުއަލް މީޓިންގ މެދުވެރިކޮށް ބޭއްވުމަށް ނިންމާ ތާވަލުކޮށްފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ޢާންމުކޮށް އިޢުލާންކޮށް ދަންނަވަމެވެ. އަދި މިޖަލްސާގައި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ނަންބަރ 2015/30 ގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ކުޅިވަރު ޖަމިޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު 2017/R-13 އިން ލާޒިމްކުރާ ބައެއް ނުކުތާތައް ހިންގާޤަވާއިދުގައި ހިމެނުމަށް ހުށައަޅަން ނިންމާފައިވާކަން ދަންނަވަމެވެ.
މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް):
- އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ 28 މާރިޗު 2021 ގެ އިޢުލާން ނަންބަރުBAM/IUL/2021/07 ގައިވާގޮތަށް 30 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވަނީ ޖުމްލަ 15 އެސޯސިއޭޓް މެމްބަރުން (ކްލަބު) އެވެ. ނަމަވެސް ހިންގާ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި، ޝަރުތު ހަމަވަނީ ޖުމްލަ 4 (ހަތަރެއް) އެސޯސިއޭޓް މެމްބަރު (ކްލަބް) އެވެ.
- ކްލަބް ސްޓެޓިކް
- ޔުނައިޓަޑް ވިކްޓަރީ
- ރިވައިވަލް ސްޕޯޓްސް ކްލަބް
- ސީ.އެސް ސްޕޯޓްސް
- ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން ހިންގާ ޤަވާޢިދުގެ 11(އެގާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 28 މާރިޗު 2021 ގެ އިޢުލާން ނަންބަރުBAM/IUL/2021/07 ގައިވާގޮތަށް 30 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2021 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި 2 (ދޭއް) ފުރިހަމަ މެމްބަރު (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.
- ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
- ބ.އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
- ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ފަރުދީ މެމްބަރުންގެ ތެރެއިން ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ 28 މާރިޗު 2021 ގެ އިޢުލާން ނަންބަރުBAM/IUL/2021/07 ގައިވާގޮތަށް 30 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވަނީ ޖުމްލަ 19(ނަވާރަ) މެމްބަރުންކަން ވެސް ދަންނަވަމެވެ. (ލިސްޓް އެއްކަރުދާސް ކުރެވިފައި)
# |
މެމްބަރޝިޕް ނަންބަރު |
ނަން |
އައިޑީކާޑު ނަންބަރު |
1 |
0001 |
އިޝްފާން މުޙައްމަދު |
A047723 |
2 |
0014 |
ރަމީޒާ ހުސައިން |
A058977 |
3 |
0087 |
ހުސައިން ރިޔާޟް |
A058503 |
4 |
0222 |
މޫސާ ނާޝިދު |
A052999 |
5 |
0241 |
މުޙައްމަދު ޒަކަރިއްޔާ |
A068324 |
6 |
0314 |
އަހުމަދު ޝާކިރު މޫސާ |
A054276 |
7 |
0508 |
ސިޔާދް ޙަބީބް |
A075798 |
8 |
0516 |
މުރުޝިދާ އަބްދުލް މަންނާން |
A033590 |
9 |
0762 |
އައިމިނަތް އަހުމަދު ދީދީ |
A091931 |
10 |
0874 |
އިބްރާހިމް ރަބީތް |
A338325 |
11 |
0877 |
މުޙައްމަދު ރަފާހް |
A338324 |
12 |
1298 |
ފާތިމަތު ޝަހީދާ |
A057250 |
13 |
2120 |
މިޝަލް އިބްރާހިމް މުޙައްމަދު ދީދީ |
A039043 |
14 |
2121 |
ޔޫޝައު ސައީދު |
A035855 |
15 |
2677 |
އަހުމަދު އަލީ |
A114297 |
16 |
3241 |
އައިޝަތް ޔުމްނާ |
A074432 |
17 |
3308 |
މުޙައްމަދު ރިޝާން |
A001579 |
18 |
3735 |
މުޙައްމަދު އަހުމަދު |
A111641 |
19 |
3808 |
އަހްމަދު ނިޒާމް |
A033557 |
މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓް ތަކަކީ 21 އޭޕްރިލް 2021 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ 28 މާރިޗު 2021 ގެ އިޢުލާން ނަންބަރުBAM/IUL/2021/07 އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓްކަން ދަންނަވަމެވެ.
މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2021/07 ގައިވާގޮތަށް 30 މާރިޗު 2021 ގެ ނިޔަލަށް 2021 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.
ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.
ޝަރުތު ހަމަވާ އެންމެހާ މެމްބަރުންނަށް 2021 ގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ޒޫމް މީޓިންގް ލިންކް ޖަލްސާގެ 24 ގަޑިއިރު ކުރިން އީމެއިލް މެދުވެރިކޮށް ހިއްޞާކުރާނެކަން ދަންނަވަމެވެ.
މެމްބަރުންގެ ލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ އެކަމެއް ލިޔުމުން 27 އޭޕްރިލް 2021 ގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ފޯން 314057 އަށް ހެންދުނު 9:00 އާއި މެންދުރު ފަހު 13:00 އާއި ދެމެދު ގުޅުންވުން އެދެމެވެ.