މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކުޅުދޫ އަވަށުން އަލަށް ދޫކުރި ގެވަޅުތަކުގެ ވެރިފަރާތްތަކާއި ބައްދަލުކުރުން

ނ. ކެނދިކުޅުދޫއިން އަލަށް ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން ކުޅުދޫ އަވަށު ގެވަޅުތަކުން ބައެއް ގެވަޅުތަކުގައި މައްސަލަތައް ހުރުމާއެކު މިހާރު ގެވަޅު ދޫކޮށްފައިވާ ޗާޓަށް ބައެއް ބަދަލުތައް ގެނެސް ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް މިވަނީ ނިިންމާފައެވެ. އެކަމާއި ގުޅިގެން ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން، މިރޭ، 28 އޭޕްރީލް 2021 ގެ ރޭގަނޑު 21:00 އަށް މިވަނީ ތާވަލްކޮށްފައެވެ. ވީމާ، މިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ޚާއްޞަ ބައްދަލުވުމެއް 28 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ ރޭގަނޑު (މިރޭ) 21:00 ގައި ކެނދިކުޅުދޫ ސްކޫލް މަލްޓިޕާޕޯސް ހޯލްގައި އޮންނާނެ ވާހަކަ އެގެވަޅުތަކުގެ ވެރިފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، ކުޅުދޫ އަވަށުން މިފިޔަވަހީގައި ގެވަޅު ލިބިފައިވާ އެންމެހާ ފަރާތްތަކަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

16   ރަމަޟާން   1442

28   އޭޕްރީލް    2021  

28 އޭޕްރިލް 2021
ހޯދާ