ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2021/010

ހުޅުމާލެ ހޮސްޕިޓަލުގެ އައި.ޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި ކޮންފިގަކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ޕްރޮޖެކްޓުގެ ބިޑު ސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަންޖެހޭނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 3 މެއި 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

9 މެއި 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 6 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

27 އޭޕްރީލް 2021

27 އެޕްރީލް 2021
ހޯދާ