ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ނަޑެއްލާ ސުކޫލުގައި ނަމާދުކުރެވޭނެ ޕްރޭޔަރ ރޫމެއް ޤާއިމުކުރުމާއި ގުޅޭ

ނަމްބަރު: GS204/NS/IUL/2021/03       

އިޢުލާން

 

ނަޑެއްލާ ސުކޫލުގައި ނަމާދުކުރެވޭނެ ޕްރޭޔަރ ރޫމެއް ޤާއިމުކުރުމާއި ގުޅޭ        

          މި އިޢުލާނަކީ މި ސުކޫލުގެ އިޢުލާން ނަންބަރު GS204/NS/IUL/2021/02އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ. އެގޮތުން ވިޔަފާރި އުސޫލުން މި ސުކޫލުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދުކުރެވޭނެ ޕްރޭޔަރ ރޫމެއް ޤާއިމުކުރުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުޞޫލުން ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

          މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6840064 މިނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

    

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ބަލައިގަތުން

ތާރީޙް: 03 މެއި 2021

ތާރީޙް: 11 މެއި 2021

ގަޑި: 11:15

ގަޑި 11:15

ތަން: ނަޑެއްލާ ސްކޫލް

ތަން: ނަޑެއްލާ ސްކޫލް

 

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.                        

           ١٥ رَمَضَان 1442  

                         

27 އޭޕްރީލް 2021

27 އޭޕްރިލް 2021
ހޯދާ