ދިވެހިރާއްޖެ
ނަންބަރ : MGPL-I/PD/2021/08
އިޢުލާން
ގ.ދ.ތިނަދޫ ގައި އިމާރާތްކުރަންމުންދާ ގޭސްޕްލާންޓް ހިމެނޭސަރަހައްދުގައި ކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް އޮފީސް / އެކޮމަޑޭޝަން ބިލްޑިނަގއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 11:45 އަށް (މަޢުލޫމާތު ސާފުކުރުން ބާއްވަން ހަމަޖެހިފައިވަނީ ގ.ދ.ތިނަދޫ ގޭސްޕްލާންޓް ހުންނަ ސަރަހައްދުގައެވެ) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
11 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:45އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 01 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
- މިކުންފުނިން ކޮށްފައިވާ އިޢުލާން ( ޢިއުލާން ނަންބަރ: MGPL-I/PD/2021/07 ) ޓެންޑާގައި ބައިވެރިވެލައްވާ ފަރާތްތަކުން މި ޓެންޑާގައި ބައިވެރި ނުވެވޭނެ ވަހާކަ ދަންނަވަމެވެ.