ދިވެހިރާއްޖެ
No: 134-AD/I/2021/33
އިޢުލާން
ހއ.ހޯރަފުށި އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެފަރާތެއް ހޯދުން
މިފްކޯގެ ފަރާތުން ހއ.ހޯރަފުށީ ގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 އެޕްރީލު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ހޯރަފުށި ކައުންސިލްގެ އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް (އާރ.އެފް.ކިއު) 29 އެޕްރީލު 2021 މެއި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ކުރިން ޙަވާލުކުރެވޭނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 އަށް ހޯރަފުށި ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރަޕޯޒަލް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި ހުށަހެޅުއްވުން އެދެމެވެ. ޕްރަޕޯޒަލް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ ޕްރަޕޯޒަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮންފައިނުވާ ފަރާތްތަކުގެ ޕްރަޕޯޒަލް ބަލައިނުގަނެވޭނެއެވެ. ޕްރަޕޯޒަލް ހުޅުވުން އޮންނާނީ މި ބައްދަލުވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ކަރުދާސް ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.
ހޯރަފުށި ކައުންސިލްގެ އިދާރާ.
ހއ. ހޯރަފުށި
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ [email protected] އީ- މެއިލް މެދުވެރިކޮށް މުޢާމަލާތު ކުރެއްވުން ނުވަތަ ނަންބަރ 3323932 ފޯނާ ގުޅުއްވުން އެދެމެވެ.