މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ މަރާމާތު ކުރުމާއި ގުޅޭ

މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

މި މަސައްކަތާއިގުޅޭ މަޢުލޫމާތު ސީޓް ހޯއްދެވުމަށް 2021 އެޕްރީލް 27 ވަނަދުވަހުގެ އޮފީސް ވަންދުވުމުގެ ކުރިން މިއިދާރާއަށް ދުރުވެ،  ނުވަތަ މިއިދާރާގެ މެއިލް [email protected] އަށް ނުވަތަ މިއިދާރާގެ ނަންބަރ 9884770 އަށް ވައިބަރ އެދުމުން މަސައްކަތުގެ އުޞޫލާއި، އަގުހުށަހަޅާނޭ ގޮތުގެ މަޢުލޫމާތު ޝީޓްތައް އެފަރާތަކަށް ފޯރުކޮށް ދެއްވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2021 އެޕްރީލް 28 ވާ ބުދަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.     ބަދަލުގައި މީހަކު ޙާޟިރުވާނާ އެކަން ބަޔާކޮށް ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6720601 ފޯނަށް ގުޅުއްވުން އެދެމެވެ.

25 އޭޕްރިލް 2021
ހޯދާ