ދިވެހިރާއްޖެ
އއ. އުކުޅަހު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް ފުރްޤާންއަށް 14 އޭ.ސީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބިޑްފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ހޯއްދެވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭނަމަ އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް ([email protected]) ކުރެއްވެވުމުން ލިބޭނެގޮތް ހަމަޖައްސަވައިދެވޭނެ ވާހަކަ ދެނެވީމެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.