ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިން ފުރާނާފައިވާ ކަޅުވެލި އާންމުންނަށް ދޫކުރާ އަގުތަކަށް ބަދަލު އައުން.

ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ކުނިކޮށިން ފުރާނައިގެން ނެގޭ ވެލި ޢާންމުންނަށް ވިއްކުމަށް ކަނޑައަޅާފައިވާ އަގުތައް "ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ ތިންވަނަ ދައުރުގެ 182 ވަނަ ޢާންމު ބައްދަލުވުމުން" ވަނީ މުރާޖާ ކުރެވިފައެވެ.  

ވީމާ، ވެލި ގަތުމަށް ޝައުޤުވެރިވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްއެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށައަޅާ، ފައިސާ ދެއްކުމުން، ރަމަޟާން މަހު 13:00 ން 17:00 އަދި ރަމަޟާން މަސް ފިޔަވާ އެހެން ދުވަސްތަކުގައި 09:00 ން 11:30 އަށެވެ. އަދި ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެއްޔަށް އެދި ފޯމު ހުށައަޅާ ތަރުތީބުން ވެލި ހުސްވަންދެން ކަމުގައި ދަންނަވަމެވެ. ވެލި ހޯދުމަށް އެދި ހުށަހަޅާ ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި މިއިދާރާގެ ވެބް ސައިޓު www.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ.

ވެލި ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް:

2 ޓަނުގެ 1 ލޮރީގެ ވެލި -/200 (ދުއިސައްތަ ރުފިޔާ)

8 ޓަނުގެ 1 ލޮރީގެ ވެލި -/500 (ފަސްސަތޭކަ ރުފިޔާ)

22 އޭޕްރިލް 2021
ހޯދާ