ދިވެހިރާއްޖެ
އިއުލާން ނަންބަރު: IUMH-AD/I/2021/15
އިޢުލާން
މިކުންފުނީގެ 2020 ވަނަ އަހަރުގެ މާލީހިސާބުތައް ތައްޔާރުކޮށް އޮޑިޓްކޮށްދޭނެ އެކްސްޓަރނަލް އޮޑިޓަރެއް ހޯދަން ކުރިން ކުރެވިފައިވާ އިޢުލާން ނަންބަރު: IUMH-AD/I/2021/12 ގެ އާރް.އެފް.ޕީއަށް ބައެއް ބަދަލުތަށް ގެންނަން ބޭނުންވާތީ ކުރީގެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 މެއި 2021 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިންނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 13:00–09:00 ދެމެދު 9173107 އަށް ގުޅުއްވުން އެދެމެވެ.
22 އެޕްރީލް 2021