ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ،
ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރޯލް ޑްރަގްސް ލިޔުމަށް ހާއްސަކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް 3 އަހަރުގެ މުއްދަތަށް ޗާޕްކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)182-Enf/2021/4 (04 އޭޕްރިލް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2021 ވާ ބުދަ ދުވަހުން ފެށިގެން 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އިއުލާނާއެކު ގެޒެޓްކޮށްފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު[email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް ގެޒެޓް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 އެޕްރީލް 2021ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން [email protected]އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
09 ރަމަޟާން 1442