- - ސްކޫލްގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ބެލެހެއްޓުން.
- ކޮމްޕިއުޓަރުގެ އިންވެންޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.
- ޓީޗަރުންގެ އަދި ދަރިވަރުންގެ ޓެބްލެޓްތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޓީޗަރުންގެ އަދި ދަރިވަރުންގެ ޓެބްލެޓްތަކަށް ސޮފްޓްވެއަރ އަޅާ އަޕްގްރޭޑްކޮށް ބެލެހެއްޓުން.
- ސްކޫލްގެ ހުރިހާ ފޯންލައިން ތަކާއި ޕީ.އޭ.ބީ.އެކްސް ލައިން ތަކަށް ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތް ތަކަށް އަންގައި ރަނގަޅު ކުރުން އަދި އާލައިން އަޅަން ޖެހޭ ތަންތަނަށް ލައިން ލުމުގެ އެންމެހައި މަސައްކަތް ކުރުވުން
- ސްކޫލްގެ ސާރވާ ބެލެހެއްޓުން
- ސްކޫލްގެ ނެޓްވޯކްކަންތައް ބެލެހެއްޓުން
- ސްކޫލްގެ ނެޓްވޯކް/އިންޓަރނެޓް ފައިލް ސާރވަރތައް ބަލަހައްޓައި ސްކޫލްގެ މުހިއްމު މައުލޫމާތު ރަނގަޅަށް ބެލެހެއްޓުން
- ސްކޫލް ސްޓާރފުންނަށާ ދަރިވަރުންނަށްޔޫސަރ އެކައުންޓްހުޅުވައިދީ ބެލެހެއްޓުން
- ސަރވާނެޓަށް ދިމާވާ އަމިއްލައަށް ރަނގަޅުނުކުރެވޭ މައްސަލަތައް ސްކޫލްގެ ވެރިންނާ މަޝްވަރާކޮށްގެން ކަމުގެ ތަޖުރިބާކާރުންގެ އެހީގައި ރަނގަޅުކުރުވުން
- ސްކޫލްގެ ސެކިއުރިޓީ ސިސްޓަމް އަދި ޑިޖިޓަލް ނޯޓިސްބޯޑް އަޕްޑޭޓުކޮށް ބެލެހެއްޓުން.
- ސްކޫލްގެ ބެލް ސިސްޓަމްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން
- ސްކޫލްގެ ސްމާޓް ބޯޑް ތަކާއި ޕްރޮޖެކްޓަރ ތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން
- ސްކޫލްގެ އެކި މުނާސަބަތުގަޔާއި އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ސެޓްފިކެޓް ޑިޒައިންކޮށް ދިނުން
- ސްކޫލްގެ ކޮންޕިއުޓަރތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރުމަށް އިތުރަށްބޭނުންވާ އެއްމެހާ ތަކެތި ހޯދުމަށް ކުރަށްޖެހޭ މަސައްކަތްތައްކުރުން.
- ކޮމްޕިއުޓަރ، ޕްރިންޓަރ، ޓީވީ، ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
- ކޮމްޕިއުޓަރ ނެޓްވޯކް ރަނގަލަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ޙައްލުކުރުން.
- ސްކޫލްގެ އެސެމްބްލީއަށާއި އަދި އެނޫންވެސް ސްކޫލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކަށް ސައުންޑް ތައްޔާރުކުރުން.
- ފިލާވަޅުތަކަށް ބޭނުންވާ ސައުންޑާއި މަލްޓިމީޑިއާ ތައްޔާރުކޮށްދިނުން.
- ސްކޫލްގެ ޕްރޮޖެކްޓަރާއި ސްމާރޓް ބޯޑު ބެލެހެއްޓުމާއި، ސެޓްކުރުމުގެ އެންމެހައި ކަންތައް ކުރުން.
- ސްކޫލްގެ ސާވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ރަނގަޅަށް ބެލެހެއްޓުން.
|