ދިވެހިރާއްޖެ
އިޢުލާނު
ދ. މާއެނބޫދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާއިން ދ.މާއެނބޫދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ދ. މާއެނބޫދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން (27 އޭޕްރީލް 2021) އަންގާރަ  | 
 11:00ގައި  | 
 ދ. މާއެނބޫދޫ ޞިއްޙީމަރުކަޒު  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން (02 މެއި 2021) އާދިއްތަ  | 
 11:00ގައި  | 
 ދ. މާއެނބޫދޫ ޞިއްޙީމަރުކަޒު  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެއީ ކޮންފަރާތަކުން ބަދަލުގައި ފޮނުވާމީހެއް ކަން ބަޔާންކޮއް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
08 ރަމަޝާން 1442
20 އޭޕްރީލް 2021
