މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 88 ބަންޑާރަ ގޯތީގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގޯތި ލިބޭކަމަށް ހޮވުނު 05 ފަރާތަކުން ގޯތި ދޫކޮށްލާފައިވާތީ، މި 05 ބަންޑާރަ ގޯތި ލިބުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓް އާއްމުކުރުން

                      ނަންބަރު: (IUL)321/321/2021/65

 

                                 އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 88 ބަންޑާރަ ގޯތީގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުން ގޯތި ލިބޭކަމަށް ހޮވުނު 05 ފަރާތަކުން ގޯތި ދޫކޮށްލާފައިވާތީ، މި 05 ގޯތި ލިބޭ ފަރާތްތައް އަލުން ހޮވުމަށް 2021 އެޕްރީލް 06 ވީ އަންގާރަ ދުވަހު ބޭއްވުނު ގުރުނެގުމުގެ މަޖިލީހުން މި 05 ބަންޑާރަ ގޯތި ލިބުމަށް ހޮވިފައިވާ ފަރާތްތަކާއި އެފަރާތްތަކަށް ލިބުމަށް ކަނޑައެޅުނު ގޯތީގެ ނަންބަރު އެނގޭނޭ ލިސްޓެއް މިއިޢުލާނާއިއެކު އާންމުކުރީމެވެ.

                  ވީމާ، މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     08 ރަމަޟާން 1442

20 އޭޕްރިލް 2021
ހޯދާ