ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޯޗަސް ކޮމިޝަންގެ އިންތިހާބް

VAM/IL/2021/7003

 

އިޢުލާން

 

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޯޗަސް ކޮމިޝަންގެ އިންތިހާބް:

 

މިއެސޯސިއޭޝަންގެ ކޯޗަސް ކޮމިޝަންގެ އިންތިޚާބު 2021 އޭޕްރީލް 23 ވާ ހުކުރު ދުވަހުގެ ރޭ  21:30 ގައި އެމް.އައި.އެން.އެސް ސެމިނިއަރ ރޫމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއެސޯސިއޭޝަންގެ ކޯޗަސް ކޮމިޝަން އަށް ކުރިމަތިލައްވާ ފަރާތްތަކުން 2021 އޭޕްރިލް 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަންއަށް ހުށައެޅުންވުން އެދެމެވެ.

އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލާއި މެންބަރުކަމަށް ކުރިމަތިލުމަށް ހުށައަޅާ ފޯމް އަދި ކޯޗުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ، މިއެސޯސިއޭޝަންގެ އިޢުލާން ނަމްބަރ VAM/IL/2021/7002 އިޢުލާންގެ ދަށުން ރީ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ވަނަވަރު ހިމެނޭ ލިސްޓް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 އޭޕްރިލް 22 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުންވުންއެދެމެވެ.

                                      20 އޭޕްރިލް 2021

                                                             

20 އޭޕްރިލް 2021
ހޯދާ