ދިވެހިރާއްޖެ
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން
ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން، މިސަރވިސްގެ ހުޅުމާލެ ޖަލުގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން، 2021 އޭޕްރީލް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް ([email protected]) އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ޝުކުރިއްޔާ