މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލަކު ހެލްތްސެންޓަރ އެކްސްޓެންޝަން މަސައްކަތުގެ ބިޑް ކާމިޔާބު ކުރި ފަރާތް އާންމުކުރުން.

ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން  ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 ސާރކިއުލަރގައި  ބަޔާންކޮށްފައިވާ   ގޮތުގެ މަތިން،  މިކައުންސިލްގެ 364-B/364/2021/20 (03 މާރިޗު 2021) ގެ އިޢުލާނާއި ގުޅިގެން މ.މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމަށް ސަޢުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ބަދަހި އިންވެސްޓްމަންޓް ގުރޫޕް ޕުރައިވެޓް ލިމިޓެޑް އަށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ ބިޑްކޮމެޓީއިން ނިންމާފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

19 އޭޕްރިލް 2021
ހޯދާ