މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކުޅުދޫ އަވަށުން އަލަށް ދޫކުރި ގެވަޅުތަކުގެ ވެރިފަރާތްތަކާއި ބައްދަލުކުރުން- ބައްދަލުވުން ފަސްކުރުން

ނ. ކެނދިކުޅުދޫއިން އަލަށް ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން ކުޅުދޫ އަވަށު ގެވަޅުތަކުން ބައެއް ގެވަޅުތަކުގައި މައްސަލަތައް ހުރުމާއެކު މިހާރު ގެވަޅު ދޫކޮށްފައިވާ ޗާޓަށް ބައެއް ބަދަލުތައް ގެނެސް ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް މިރޭ، 19 އޭޕްރީލް 2021 ވީ ހޯމަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކުރެވުނު ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިބައްދަލުވުން ބޭއްވޭނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެކަމުގައި ދަންނަވަމެވެ.

             ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

07   ރަމަޟާން   1442

19   އޭޕްރީލް    2021  

19 އޭޕްރިލް 2021
ހޯދާ