ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޙިދުމަތައް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު

ތ.އޮމަދޫގައި ފެނާއި ނަރުދާމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްް މިހާރުވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.

            އެޕްލިކޭޝަންފޯމް ހުށަހެޅުމުގައާއި، ބަލައިގަތުގަމުގައި އަމަލު ކުރާނީ މިކަމަށްޓަކައި އަމަލު ކުރަންމުންދާ ޤަވާއިދު ނަމްބަރ 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޙިދުމަތް ދިނުމގެ މަޝްރޫޢުތަކުގެ ދަށުން  ފެނުގެ ޙިދުމަތް ނުވަތަ ނަރުދަމާގެ ޙިދުމަތް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤާވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީ އަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިން) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާއިދުގެ 6 ވަނަ އަދި 7 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.    

            ވީމާ،ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދިލައްވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު 24 މާރޗް 2021 ން 23 މެއި 2021 ވާ އާދިއްތަ ދުވަހުގެ 13:00 ށް ހުޅުވާލަމެވެ. އެޕްލިކޭޝަން ފޯމް މި ކައުންސިލުން ލިބެން ހުންނާނެއެވެ.

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780039 ނަމްބަރު ފޯނާއި ގުޅުއްވުންއެދެމެވެ.

24 މާރިޗު 2021
ހޯދާ