ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލެޕްޓޮޕް ހޯދުމާއިބެހޭ
ނަމްބަރު:TENDER/HMH/2021/008
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 04 ލެޕްޓޮޕް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންއާއި އެއްގޮތްވާ ގޮތުގެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.
ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:
Quantity |
Item |
04 (Nos) |
Laptop Including: Carry Bag |
Specification |
|
Processor:
|
|
Memory:
|
|
Storage:
|
|
Ports:
|
|
Operating System:
|
|
Display:
|
|
Warranty:
|
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- އަގު ހުށަހެޅުއްވަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީންނެވެ.
- މި ބިޑު އިވެލުއޭޓް ކޮށް އެވޯޑު ކުރެވޭނީ ޖުމްލަކޮށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.
- އަގު ހުށަހަޅުއްވާ އިރު ހުށަހަޅުއްވާ އައިޓަމްގެ ޑީޓެއިލް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތަފްސީލް ނެތި ހުށަހަޅާ އަގުތައް ބަލައި ނުގެނެވޭނެއެވެ.
- ހުށަހަޅާ ކޮންމެ އައިޓަމެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ވޮރެންޓީ ދޭންޖެހޭނެއެވެ. ވޮރެންޓީ މުއްދަތު ބަޔާން ނުކުރާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.
- ކޮންމެ ލެޕްޓޮޕަކާއި އެކު ލެޕްޓޮޕް ދަބަހެއް ދޭން ޖެހޭނެއެވެ.
- ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތައް ފައިނޭންޝަލް އިވެލުއޭޝަނަށް ދާނީ ޓެކްނިކަލް އިވެލުއޭޝަންއިން ފާސް ވުމުންނެވެ. މި އިވެލުއޭޝަންގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ ހުށަހަޅައިފައިވާ އައިޓަމްތައް ހޮސްޕިޓަލުގެ ރިކުއާމެންޓް ޝީޓްގައިވާ މައުލޫމާތުތަކަށް ފެތޭތޯއެވެ.
- ބިޑު އެވޯޑު ކުރެވޭ ފަރާތުން ހުށަހަޅާ އައިޓަމްތައް ބަލައިގަނެވޭނީ ގެންނަ އައިޓަމްތަކުގެ ކޮލިޓީ ޔަގީން ކުރުމަށްފަހުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
- ކުންފުނީގެ މައުލޫމާތު
- ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން
- ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް، އައި.ޑީ ކާޑުކޮޕީ އަދި ފޯނު ނަމްބަރު.
- ކުންފުނީގެ މައިގަނޑު މަސައްކަތްތައް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ވޭތުވެދިޔަ ތިން މަސްދުވަހުގެ (ޖެނުއަރީ، ފެބްރުއަރީ، މާރޗް) ބޭންކް ސްޓޭޓްމަން ނުވަތަ 2019 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.
- މަސައްކަތުގެ ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
- ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަސްތެރޭ (އޭޕްރީލް 2018 އިން ފެށިގެން މާރިޗު 2021 އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
- ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.
( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)
-
- މަސައްކަތާއި ގުޅުން ހުރިކަމަށް ބެލެވޭނީ އައިޓީ އާއި ގުޅުންހުރި ތަކެތި ސަޕްލައިކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކެވެ.
- މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެވޯޑުކުރުން
އަގު |
80 ޕޮއިންޓް |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން) |
މުއްދަތު |
20 ޕޮއިންޓް |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން) |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.
BID REFERENCE: TENDER/HMH/2021/008
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113
ބީލަން ހުށަހެޅުން
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
19 އޭޕްރިލް 2021