ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                                                ނަންބަރު: (IUL)VAH/J2-HP/2021/1

އިޢުލާން

ވ.ތިނަދޫ ކައުންސިލް އިދާރާއިން ވ.ތިނަދޫ ސިއްހީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހްތަކުގައި ވ.އަތޮޅުހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރުން

25 އޭޕްރިލް 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

 

އަންދާސީ ހިސާބު ހުށަހެޅުން

02 މެއި 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށައަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

19 އޭޕްރިލް 2021

 

 

                                                                          އަޒުލީފު މޫސާ

                                                             މެނޭޖަރ ، ހެލްތު ސަރވިސަސް

19 އޭޕްރިލް 2021
ހޯދާ