ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިވާ "ޕަބްލިކް ވޯކްސް ލ.އިސްދޫ މަގުހަދާ ޔުނިޓް" އަށް 1 އަހަރަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި އިދާރާގެ ބެލުމުގެ ދަށުގައިވާ "ޕަބްލިކު ވޯރކްސް ލ.އިސްދޫ މަގުހަދާ ޔުނިޓް" އަށް 1 އަހަރު ދުވަހަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، 2021 އޭޕްރީލް 28 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި"ޑީސަލް ސަޕްލައިކޮށްދިނުމަށް އެދި" މިހެން ލިޔެފައި އިންނަން ވާނެއެވެ.

 

  1.  ޑީސަލް ސަޕްލައިކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީ (ކުންފުނީގެ ތައްގަނޑުޖަހާ ސޮއިކޮށްފައި)
  2.  ހުށަހަޅާ އަގު ނުވަތަ ކޯޓޭޝަން (އަގުހުށަހަޅުއްވާ އިރު ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކަށް ރިޔާއަތްކޮށް އަގުހުށަހެޅުއްވުން އެދެން)
  3. ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ
  4. ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  5. ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)
  6. ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަޖުރިބާގެ ލިޔުން.
  7. ވެރިފަރާތް ނޫން އެހެން ފަރާތެއް އެސްޓިމޭޓް ހުށަހަޅަން ވަޑައިގަންނަވާނަމަ ބަދަލްގައި ވަޑައިގެން ކަމުގެ ސިޓީ.

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަން:

  1. މަސައްކަތުގެ އަގަށް %90 އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަށް އަގުގެ ގޮތުން އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ. (ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 90)
  2. ތަޖުރިބާއަށް (މިބަޔަށް ޕޮއިންޓް ދެވޭނީ ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކުރާގެ އިދާރާއަކަށް ފޯރުކޮށްދީފައިވާ މިފަދަ ޚިދުމަތެއް ނިންމިކަމުގެ ލިޔުމަށް ބަލައި، ނިންމާފައިވާ ކޮންމެ ކަމަކަށް 1 ޕޮއިންޓް ދެވޭނެއެވެ. ދިހަ ލިޔުން އަދި  އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޖޫރިމަނާވެފައިވާ ނުވަތަ މަސައްކަތުގެ ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓްއެއް ނުދެވޭނެއެވެ.( ހުށަހެޅި ޕްރޮޖެކްޓް އަދަދު/ހުށަހެޅި އެންމެ ގިނަ ޕްރޮޖެކްޓް އަދަދު × 10)

            ގަޑިޖެހިގެން އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 އޭޕްރިލް 2021
ހޯދާ