މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން ފުރުޞަތު ދިނުމާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2021/14 (5 އޭޕްރީލް 2021) ގެ އިޢުލާނާއި ގުޅިގެން، އިތުރު މަޢުލޫމާތު ހޯދުމަށާއި، މިކަމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި، ގިނަފަރާތްތަކުން ހުށަހަޅަމުންދާތީ، މިފުރުޞަތު އިތުރަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ހަމަ މިއާއެކު ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައް މިހާރު ކުރިޔަށްދާތީ، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުވެސް 3 މަސް ދުވަހުގެ މުއްދަތެއް، (ހުޅުވާލެވޭ ފުރުޞަތުގެ ހައުސިންގ ޔުނިޓްތަކުގެ އަދަދު ހަމަވަންދެން) ހިޔާ މަޝްރޫޢުގެ ދަށުން ލިބޭ ފްލެޓް ދޫކޮށްލުމަށްފަހު އެހެން ބޯހިޔާވަހި ކަމުގެ މަޝްރޫއަކަށް ބަދަލު ވުމުގެ ފުރުޞަތު އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.

ސަރުކާރުގެ ކުރިއަށް ހުރި ހައުސިންގ މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުޞަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC) އިން ތަރައްޤީ ކުރާ "ވިނަރެސް" (1344 ހައުސިންގ ޔުނިޓް) އިން އެފްލެޓް ތަކުގެ އަގާއި އެއްގޮތްވާގޮތުގެ މަތިން، ފްލެޓް ލިބުމުގެ ފުރުޞަތެވެ. މި ފުރުޞަތު ތަކާއި ބެހޭގޮތުން، މައުލޫމާތު ސެޝަންއެއް (ޓީވީ މެދުވެރިކޮށް) ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން، 24 އޭޕްރީލް 2021  ވާ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ބާއްވަވާނެއެވެ. ވީމާ މިވާހަކަ އާންމުކޮށް އިއުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު؛

އީމެއިލް:

[email protected]

[email protected]

[email protected]

 

ފޯން: 4004959, 40044955, 4004954, 4004951

WhatsApp/SMS: 7444971

18 އޭޕްރިލް 2021
ހޯދާ