މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ސްޓާރކްލައުޑް ބިލްޑިންގް ގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް ހިމެނޭ 4 (ހަތަރު) ފަންގިފިލާގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން ޖެހުމާއި، ސެކްޝަންތަކަށް ކަރަންޓްލުމާއި ނެޓްވޯރކު އެޅުމުގެ މަސައްކަތް އަދި މީގެ އިތުރުން ސާރވިސް އޭރިޔާގެ ކައުންޓަރުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942021W-06

އަންދާސީ ހިސާބު ބޭނުންވެއްޖެ   

  1. ސްޓާރކްލައުޑް ބިލްޑިންގް ގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް ހިމެނޭ 4 (ހަތަރު) ފަންގިފިލާގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން ޖެހުމާއި، ސެކްޝަންތަކަށް ކަރަންޓްލުމާއި ނެޓްވޯރކު އެޅުމުގެ މަސައްކަތް އަދި މީގެ އިތުރުން ސާރވިސް އޭރިޔާގެ ކައުންޓަރުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި، (IUL)94-Q/1/2021/9   ނަންބަރ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. 
  2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00  އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  3. ބިޑު ހުށައެޅުން އޮންނާނީ 05 މެއި 2021 ވާ ބުދަ ދުވަހުގެ 11:00  އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

18 އޭޕްރިލް 2021
ހޯދާ