މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ހދ.ކުޅުދުއްފުށި އޮފީސް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމާއި ޖެނެރަލް މެއިންޓަނަންސްގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ޕްރޮޖެކްޓް ނަންބަރު: PC-942021W-08
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަން ހދ.ކުޅުދުއްފުށި އޮފީސް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމާއި ޖެނެރަލް މެއިންޓަނަންސްގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި، (IUL)94-Q/1/2021/10 ނަންބަރ އިޢުލާނާއި ގުޅިގެން ބިޑު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އާއި އެފަރާތުން ހުށައަޅާފއިވާ ބިޑު ފުރިހަމަ ނުވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 18 އޭޕްރިލް 2021 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރައްވާނީ 26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
ޕްރޮޖެކްޓްގެ ނަން:
ނަން (ކުންފުނި/ އަމިއްލަ ފަރުދުން):
ނަންބަރު (ރަޖިސްޓްރޭޝަން/ އައި.ޑީ ކާރޑު):
ގުޅޭނެ ނަންބަރު:
އީ މެއިލް އެޑްރެސް:
- ބީލަން ހުށައެޅުން އޮންނާނީ 27 އޭޕްރިލް 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
18 އޭޕްރިލް 2021
ހޯދާ