Maldives
މި އިދާރާގެ ފައިނޭންސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ކުރެވުނު (IUL)259/2021/15 ނަންބަރު ޢިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މި މަޤާމަށް އެދި ކުރިމަތިލައިފައިނުވާތީ،(IUL)259/2021/15 ނަންބަރު އިޢުލާން ބާޠިލުކޮށް މި މަޤާމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުލުވާލަމެވެ.
ފައިނޭންސް އޮފިސަރ |
މަޤާމް: |
||||||||||||||||||||||||||||||||||||||
އެމް. އެސް. 1 |
ރޭންކް: |
||||||||||||||||||||||||||||||||||||||
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ކްލެސިފިކޭޝަން |
||||||||||||||||||||||||||||||||||||||
J-308636 |
މަޤާމުގެ ނަންބަރު: |
||||||||||||||||||||||||||||||||||||||
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ ( ކޯޕަރޭޓިވް އެފެއާޒް ) |
އޮފީސް / އިދާރާ ސެކްޝަން |
||||||||||||||||||||||||||||||||||||||
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭތަން: |
||||||||||||||||||||||||||||||||||||||
ދާއިމީ |
މަޤާމުގެ ގިންތި: |
||||||||||||||||||||||||||||||||||||||
މަހަކު -/5610 ރުފިޔާ |
މުސާރަ: |
||||||||||||||||||||||||||||||||||||||
މަހަކު -/2000 ރުފިޔާ މަހަކު -/700 ރުފިޔާ |
ސަރވިސް އެލެވަންސް: ސަޕޯރޓިންގ ކޯ އެލަވަންސް |
||||||||||||||||||||||||||||||||||||||
1 ( އެކެއް ) ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރުވާނަމަ ސިވިލްސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ |
ބޭނުންވާ ޢަދަދު: އެހެނިހެން އެލަވަންސް |
||||||||||||||||||||||||||||||||||||||
ފައިނޭންސް / އެކައުންޓިންގް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
މަގާމުގެ ޝަރުތުތައް: |
||||||||||||||||||||||||||||||||||||||
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކެރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2- ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމުގައި އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ކުރިޔަށް އޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުމާއި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 4- ކައުންސިލަށް ކަނޑައެޅޭ ބަޖެޓް ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކޮށް ބެލެހެއްޓުން. 5- ކައުންސިލްގެ މާލިއްޔަތާއި ބެހޭ ހިސާބުތައް ބެލެހެއްޓުމާއި، ކައުންސިލްގެ ލަފާގެ މަތިން މާލިއްޔަތު ދިރުވާ އިތުރު ކުރުމަށް ކުރަންޖެހޭކަންތައްތައް ރާވާ ހިންގުން. 6- އިދާރާގެ ފައިސާއާއިބެހޭ ރިޕޯޓްތަކާއި މާލީ ބަޔާންތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން. 7- ކައުންސިލްގެ އެކައުންޓްތައް ބެލެހެއްޓުން. 8- ކައުންސިލް މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޒިރީ ރިޕޯޓްލިބުމުން އެއާ އެއްގޮތަށް ގަދީލާރި ނަގައި އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 9- ވައުޗަރު ތައްޔާރުކުރުމާއި، ފައިސާ ދޫކުރުން 10- އޮފީހުން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
||||||||||||||||||||||||||||||||||||||
%45 (ސާޅިސް ފަސް އިންސައްތަ) |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: |
||||||||||||||||||||||||||||||||||||||
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
||||||||||||||||||||||||||||||||||||||
2021 އޭޕްރީލް 27 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އަށް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހުށަހެޅުން. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]އަށެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
||||||||||||||||||||||||||||||||||||||
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2021 މެއި 01 އާއި 2021 މެއި 15 އާ ދެމެދު މި އިދާރާގައެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
||||||||||||||||||||||||||||||||||||||
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
||||||||||||||||||||||||||||||||||||||
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. (ހ) މޯލަޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަށް ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމްދޭ ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 4. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ. 5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓްލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު: ( ގުޅޭނެ ނަންބަރާއެކު ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6528116 ނުވަތަ 6520027 ނަންބަރު ފޯނާއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
6 I 1442
18 އޭޕްރީލް 2021
ޙަސަން ރަޝީދު
ކައުންސިލްގެ ރައީސް