އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ އިން މިއެޖެންސީގެ ހުއްދަނެތި ތަރައްޤީގެ ބައެއް މަސައްކަތްތައް ކޮށްފައިވާތީ ކުރެވުނު ޖޫރިމަނާ

ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ގެ ފަރާތުން، މިއެޖެންސީގެ ހުއްދަނެތި ރިޒޯޓު ތަރައްޤީކުރުމުގެ ބައެއް މަސައްކަތް ކުރިއަށް ކޮށްފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރ  (2012/R-27ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން، ކުށް ކުރި ފުރަތަމަ ފަހަރު) އަށް ރިޢާޔަތްކޮށް ޖުމްލަ 20,000 (ވިހި ހާސް) ދިވެހިރުފިޔާއިން ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ވަނީ 14 އޭޕްރީލް 2021ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެރިޒޯޓަށް ވަނީ އެންގިފައެވެ.

 

                           ............................................ 

                               03 ރަމަޟާން 1442

                               15 އޭޕްރީލް 2021

15 އޭޕްރިލް 2021
ހޯދާ