ދިވެހިރާއްޖެ
މިއަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 02 ވާ ބުދަ ދުވަހުން ފެށިގެން 28 ރަމަޟާން 1442 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:30 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން (ގޮވާމުން) މިރަށުގައި 2.4 ކިލޯއަށް ޖެހޭ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ހަނޑުލުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކަވާނަމަ، އާދައިގެ ހަނޑުލަށް ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ -/12 (ބާރަ ރުފިޔާ) އެވެ. ބާސްމަތީ ހަނޑުލަށް ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލަށްވާ އަގަށްވާ -/84 (އަށްޑިހަ ހަތަރުރުފިޔާ) އެވެ. އަދި އާދައިގެ ފުށުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ފުށުގެ އަގަށްވާ 36/9 (ނުވަރުފިޔާ/ ތިރީސްހަލާރި) އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.