ދިވެހިރާއްޖެ
މަޤާމް: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ (މިމަޤާމަކީ ރަނގަޅަށް މަސައްކަތްކުރަމުންދާނަމަ 05 މަސްފަހުން ދާއިމީ ކުރެވޭނެ މަޤާމެކެވެ.) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
-/3500 ރުފިޔާ (ތިންހާސް ފައްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ (އެއްހާސް ރުފިޔާ) |
ޢިނާޔަތްތައް: |
- ރިސްކް އެލަވަންސް (ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/40 ރުފިޔާގެ ރޭޓް ރިސްކް އެލަވަންސް ދެވޭނެއެވެ. - 06 ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތް ކުރާނަމަ، ގަޑިއަކު -/10 ރ (ދިހަ ރުފިޔާ) ގެ ރޭޓުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ. އަދި މީގެ އިތުރުން ސިވިލްސަރވިސް މުވައްޒަފުންނަށް ރަމަޟާން މަހު ޢިނާޔަތު ފައިސާދޭ އުޞޫލުން އިނާޔަތު ފައިސާ ދެވޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ޕިކަޕް ޑްރައިވަރެއްގެ ގޮތުން މަސައްކަތް ކުރުން. 2- ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުންގެ ސްޕަވައިޒަރެއްގެ ގޮތުން މަސައްކަތް ކުރުން. 3- ކުނި ނައްތާލާ ނިޒާމުގެ ދަށުން ގޭގެއިން ކުނި ބުނިތައް ކުނި ކޮށްޓަށް ގެންދިއުމާއި އަދި ކުނިކޮށީގައި އެކުނިތައް ރައްކާތެރިކަމާއި އެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި މެނޭޖްކުރާ އިސްމީހެއްގެ ގޮތުން އެކަން ކުރުމާއި އަދި މިނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވުން. 4- ކުނިކޮށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް އަދި މިނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވުން. 5- ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތައް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތައް ކުރުމަށް ޕިކަޕްގެ ޑްރައިވަރުކަން ކުރުމާއި ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ޕިކަޕްގެ އެންމެހާ ކަންކަން ބެލެހެއްޓުން. 6- ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތައް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތަކަށް ދައްކާ ފީ ބަލައިގަތުމާއި ރަސީދު ދޫކުރުން، އަދި އެފައިސާގެ ދުވަހުފޮތް ލިޔެ ބެލެހެއްޓުމާއި ކޮންމެ ދުވަހަކުވެސް ލިބޭފައިސާ ޖެހިގެން އަންނަ ދުވަހު ކައުންސިލަށް ހަވާލުކުރުން. 7- ދަތުރު ނޯޓްފޮތް ގަވާއިދުން ބެލެހެއްޓުމާއި އެކު، ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތަކުގެ އިތުރުން ދަތުރުތައް ލިބުމުން ކައުންސިލްއިން ކަނޑައަޅާފައިވާ މޮނިޓަރ ކުރައްވާ މުވައްޒަފަށް އެކަން ފޯނުން އެންގުމަށްފަހު އެދަތުރެއް ކުރުން. 8- ޕިކަޕް ރީޑިން ކަނޑައެޅިގައިވާ ލޮގުފޮތުގައި ލިޔެބެލެހެއްޓުމާއި ޕިކަޕަށް ތެޔޮއެޅުމާއި އަދި ތެޔޮބަދަލުކުރުމަށް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން އެމަސައްކަތްކުރުން. 9- ކުނިކޮށި މަސްރޫގެ އެންމެހާއި ކަންކަން ސްޕަވައިޒުކޮށް ބެލެހެއްޓުން. 10- ޕިކަޕް ތެޔޮބަދަލުކޮށް ދޮވެސާފުކޮށް ބެލެހެއްޓުން. 11- ރަށުގެ ކުރިއެރުމަށް ކައުންސިލް އިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން. |
މަޤާމުގެ ޝަރުޠުތައް: |
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިމިފައިވުން. 2- އެއްގަމު އުޅަނދުC2,C1 ކެޓަގަރީތަކުގެ ލައިސަންސެއް އޮތް މީހަކަށްވުން. 3- ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކަށްވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ސާފު ކޮޕީ 4- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ 5- 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 6- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން. |
މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ކަނޑައަޅާނީ،ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު،އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. - ލިބިފައިވާ ތައުލީމާއި ތަމްރީން - މަސައްކަތު ތަޖުރިބާ - މަސައްކަތުގެ ހުނަރާއި،ޤާބިލްކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2021 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް : [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 27 އޭޕްރީލް 2021 އިން 01 މެއި 2021 އާއި ދެމެދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިއިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800709 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |