ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ އިލެކްޓްރޯނިކްސް އެލަރމް ސިސްޓަމާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ އިލެކްޓްރޯނިކްސް އެލަރމް ސިސްޓަމާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި މިހާރު ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)221-ASS/221/2021/9) އިޢުލާނާއި ގުޅިގެން ދެވުނު މައުލޫމާތައް ބަދަލުއައިސްފައިވާތީވެ, އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.

          

                             02  ރަމަޟާން     1442 

                             14   އޭޕްރިލް     2021  

14 އޭޕްރިލް 2021
ހޯދާ