ދިވެހިރާއްޖެ
މިއަހަރުގެ (1442 ވަނަ އަހަރުގެ) ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1442 (14 އެޕްރީލް 2021) އިން 29 ރަމަޟާން 1442 (11 މެއި 2021)ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ ފައިސާގެ މިންވަރެވެ.
މިއަހަރު (1442ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީއެވެ.
އާދައިގެ ހަނޑޫ |
ބާސްމަތީ ހަނޑޫ |
އާދައިގެ ފުއް |
އާޓާ ފުއް |
ރަތް ހަޑޫ |
13.00ރ |
84.00ރ |
09.00ރ |
78.00ރ |
72.00ރ |
- ފައިސާއިން ޒަކާތް ދައްކަވާ ބޭފުޅުން ޒަކާތަށް ދައްކަވަން ޖެހޭ އަދަދަށް ފައިސާ ގެނައުމަށް ދެންނެވީމެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރ: 7722700348003 (1400 ޙަރަދު 1) އެކައުންޓަށް ޖަމާކުރެއްވުން އެދެމެވެ
- ސްލިޕް ވައިބާ ކުރަންޖެހޭ ނަންބަރ: 7763246
ފައިސާ ޓްރާންސްފާ ކުރައްވާއިރު، ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ފައިސާ ދެއްކިފަރާތް، ގޭބިސީގެ ނަން، ފައިސާދެއްކި ބާވަތް އަދި ފައިސާ ދައްކާ މީހުންގެ ޢަދަދު އެގޭނެހެން ލިޔުމަށްފަހު މަތީގައިއެވާ ނަންބަރަށް ސްލިޕް ވައިބާ ކުރުމަށް ދަންނަވަމެވެ.
ފައިސާ ދެއްކުމާބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި އެވާ ނަންބަރަށް ގުޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.