ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
                                ތިރީގައިވާ މިދަންނަވާ ރުއްތަކުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.
- ދޫނޑިގަން އައިލް ރޯޔަލްއިން ގެސްޓް ހައުސް ގޯތީގެ އުތުރުން، ގަސްދޮށުގެ ގޯތީގެ ދެކުނުން އޮތް ބިމުގައި ހުރި ނަންބަރު 1 އަދި 2 ޖަހާފައިވާ ފޯދުނު ޖާފާނު ރުއް.
 - ދޫނޑިގަން ދިއްގާގަސްދޮށުގެ ގޯތީގެ އުތުރުން އޮތް ހުސްބިމުގައި ހުރި ނަންބަރު 01 ޖަހާފައިވާ ދިވެހިރުއް
 
ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2021 އެޕްރީލް 18 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.
             14 އެޕްރީލް 2021
            
        
                    ހޯދާ  
                
                