ދިވެހިރާއްޖެ
އިޢުލާން
1442ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން (14 އޭޕްރީލް 2021)، ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް (10 މެއި 2021) ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:00 އަށް މި ކައުންސިލަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރު ތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިން ނެވެ. ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު އެބޭފުޅަކު ދައްކަވަންޖެހޭ އަދަދަށް ހަމައަށް ފައިސާ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި ޒަކާތް ދެއްކުމުގައި އޮޅިގެން އެއް ގެއެއްގައި ދިރިއުޅޭ މީހުންނަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް ވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެ ގެއެއްގައި ދިރިއުޅޭ މީހުންނަށް ޒަކާތް ދައްކާފައި ނުވާކަން ޔަޤީކުރައްވައި ޒަކާތް ދެއްކުމަށް ވަޑައިގަތުން އެދެމެވެ.
ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް(މީހަކަށް)
މީހަކަށް |
އާދައިގެ ހަނޑޫ |
ތައިލެނޑް ހުދު ހަނޑޫ |
ބާސްމަތީ އާދައިގެ ހަނޑޫ |
ބާސްމަތީ މޮޅު ހަނޑޫ |
ބާސްމަތީ އެންމެ މޮޅު ހަނޑޫ |
ރަތްހަނޑޫ |
އާދައިގެ ފުޑް |
އާޓާފުށް |
2.4ކިލޯ |
-/12 ރުފިޔާ |
-/50 ރުފިޔާ |
-/72 ރުފިޔާ |
-/84 ރުފިޔާ |
-/120 ރުފިޔާ |
-/78 ރުފިޔާ |
-/10 ރުފިޔާ |
-/65 ރުފިޔާ |
އޮންލައިން ބޭންކްގެ ޚިދުމަތް މެދުވެރިކޮށް ފައިސާ ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ޒަކާތަށް ދައްކަން ޖެހޭ މިންވަރަށް ފައިސާ ޖަމާކުރެއްވުމަށްފަހު ސްލިޕް ނަންބަރު 9909668 އަށް ވައިބަރ ކުރެއްވުން ނުވަތަ [email protected] މެއިލް ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުއްވާއިރު ފައިސާ ދެއްކި މީހުންގެ އަދަދު، ގޭގެ ނަން ލިޔުއްވުން އެދެމެވެ. އަދި މި އިދާރާގެ ނަންބަރު 4009830 ފޯނަށް ގުޅުއްވާ ފައިސާ ޖަމާވިކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.
އެކައުންޓް ނަން: 1346 ރެވެނިއު 2
އެކައުންޓް ނަންބަރު: 7717700400002
ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކއި އިއުލާނު ކުރީމެވެ.
02 ރަމަޟާން 1442