ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސް-އޯ މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ، އަދި އައު ދައުރަކަށް ހިންގާ ކޮމިޓި އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ އަލުން ތާވަލު ކުރުން
10 އޭޕްރީލް 2021 ވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ތާވަލު ކުރެވުނު އަހަރީ ޢާންމު ޖަލްސާ އަދި އައުދައުރަކަށް ހިންގާ ކޮމިޓި އިންތިޚާބު ކުރުމަށް ބޭއްވުނު ޖަލްސާ، ހިންގާ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ފަދައިން މެންބަރުންގެ ކޯރަމް ހަމަވެފައި ނުވާތީ، ހިންގާ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ފަދައިން، 11 އޭޕްރީލް 2021 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 އަށް އަލުން ތާވަލު ކުރެވިފައިވާކަން ދެންނެވީމެވެ.
މިޖަލްސާ އަށް ވަނުމަށް ބޭނުންވާ ޒޫމް ލިންކް މެންބަރުންނަށް ޙިއްސާ ކުރެވޭނެއެވެ .
10 އެޕްރީލް 2021
ހޯދާ