ދިވެހިރާއްޖެ
|
އިޢުލާން |
|
|||||||
|
ތާރީޚް: |
07 އޭޕްރީލް 2021 |
ނަންބަރު: |
(IUL)401-E/401/2021/120 |
|
||||
|
25 ޝަޢުބާން 1442 |
އިޢުލާންގެ ވަނަ: |
01 |
|
|||||
|
ލޯކަލް މާރުކޭޓް ހަދައިދޭނެ ފަރާތެއް ހޯދުން |
|
|||||||
|
|
|
|||||||
|
ލ. ފޮނަދޫ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
|||||||
|
ބީލަމުގައި ރަޖިސްޓަރީވުން |
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވެވޭނީ 19 އޭޕްރީލް 2021 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން 'ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ، ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުންނެވެ. ފޯމު މިކައުންސިލްގެ ވެބްސައިޓު www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ -/150ރ އެވެ. |
|||||||
|
ބިޑު ޑޮކިއުމެންޓް |
ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބިޑު ޑޮކިއުމެންޓް ފޯރުކޮށްދެވޭނެއެވެ. |
|||||||
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން |
ބީލަން ހުށަހެޅުމުގެ ސުންގަޑި: 22 އޭޕްރީލް 2021 (ބުރާސްފަތި)، 12:00 ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި 'ލޯކަލް މާރުކޭޓް ހެދުން' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުން: 22 އޭޕްރީލް 2021 (ބުރާސްފަތި)، 12:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަ ބީލަންވެރިންގެ ޙާޟިރުގައެވެ. |
|||||||
|
އިތުރު މަޢުލޫމާތު |
މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯނު: 6800082 އީމެއިލް: [email protected] |
|||||||
|
|
|
|||||||
|
|
||||||||
|
|