މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަންގައި އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމާއި ގުޅޭ

10 އޭޕްރިލް 2021 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކާއި ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބޭ ފަރާތްތައް ވޯޓުލުމުގައި އަމަލުކުރަންޖެހޭ ޢުޞޫލު އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވަނީ ގެޒެޓްކޮށްފައެވެ.

މިއުޞޫލުގައި ބުނާގޮތުން ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުގެ ތެރެއިން ވޯޓުލާން ބޭނުންވާ ފަރާތްތަކުން، ވޯޓުލުން ނިންމުމަށް ކަނޑައެޅިފައިވާ ގަޑީގެ 5 ގަޑިއިރުކުރިން އެމީހަކު ވޯޓުލާން ބޭނުންވާ ކަމުގެ މަޢުލޫމާތު ޓާސްކްފޯސް މެދުވެރިކޮށް ރަށުގެ އިލެކްޝަން ފޯކަލްޕޮއިންޓަށް އަންގަން ޖެހެއެވެ.

ވީމާ މިމަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ވޯޓުލާން ހަމަޖެހިފައިވާ ދުވަހުގެ ވޯޓުފޮށި ބަންދުކުރުމުގެ 5 ގަޑިއިރު ކުރިން ޓާސްކުފޯސްގެ ހޮޓްލައިން ނަންބަރު 7709960 އަށް ގުޅުއްވައި އެކަން އަންގަވައި ދެއްވުން އެދެމެވެ.

އަދި ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުން ވޯޓުލާން އައުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދި ދެންނެވީމެވެ.

1-        ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ޓާސްކުފޯސްއަށް ޙިއްޞާ ކުރުމުގައި ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، ކަރަންޓީން/ އައިސޮލޭޝަންގައި ހުރިތަން ހިއްސާ ކުރުން

2-        ވޯޓުލާން އަންނައިރު ކާކުކަން އަންގައިދޭ ފަދަ ރަސްމީ ލިޔުމެއް ގެނައުމަށް ހަނދާންކުރުން.

3-        ވޯޓުލާން އަންނައިރު އަމިއްލަ ގަލަމެއް ގެނައުން

4-        އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ތިބޭ ފަރާތްތައް ވޯޓުލާން ނިކުންނައިރު ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޗް.ޕީ.އޭގެ އުޞޫލާ އެއްގޮތަށް އެޅުން.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

09 އޭޕްރިލް 2021
ހޯދާ