މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
2021 އެޕްރީލް 09 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ވީޒާ އާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

މޯލްޑިވްސް އިމިގްރޭޝަން

މާލެ/ދިވެހިރާއްޖެ

                                                                                                                             

           ނަންބަރު: 1/2021/13/ 94-CB

އިޢުލާން

 

2021 އެޕްރީލް 09 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ވީޒާ އާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

2021 އެޕްރީލް 09 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ވީޒާ އާއި ގުޅުންހުރި ޚިދުމަތްތައް ހޯއްދެވުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.

  • ސްޕެޝަލް ވީޒާ، ބިޒްނަސް ވީޒާ އަދި ސްޕޮންސަރޝިޕްގެ ދަށުން ރާއްޖެ ގެންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ އެޕްލިކޭޝަން، މިހާރުވެސް ބޭނުން ކުރައްވަމުންގެންދަވާ އޮންލައިން ޕޯރޓަލް އިމުގަ މެދުވެރިކޮށް ހުށަހެޅުއްވުން.
  • ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު އިތުރުކުރުމަށްއެދި މަތީގައި ދެންނެވިފައިވާ މުއްދަތުގައި ހުށަނޭޅޭއެވެ. އެވީޒާތަކުގެ މުއްދަތު އިތުރުކުރުމަށް  ހުށަހެޅުއްވޭނީ،  14 އެޕްރީލް 2021 (02 ރަމަޟާން 1442) ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިހާރު ދޫކޮށްފައިވާ ވީޒާގެ މުއްދަތު، 09 އޭޕްރީލް އިން 13 އެޕްރީލް 2021 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ ފަރާތްތަކުން، 19 އެޕްރީލް 2021 ވަނަ ދުވަހުގެ ކުރިން ހުށަހަޅުއްވައިފިނަމަ، ޖޫރިމަނާ ފައިސާ ނުލައި ވީޒާ ދޫކުރެވޭނެއެވެ.
  • ވާރކްވީޒާ ގައި ރާއްޖެ އެތެރެވެ އެއްވެސް ސަބަބަކާހުރެ، ވީޒާ އައުނުކުރެވޭ ފަރާތްތައް އިމަރޖެންސީ ހާލަތެއް ދިމާވެ، ރާއްޖެއިން ފުރައިގެން ދިއުމަށް އެދޭނަމަ، އެކަން ބަޔާންކޮށް [email protected] އަށް މެއިލް މެދުވެރިކޮށް އެންގެވުމުން، އެ ފަރާތްތައް އަމަލު ކުރަންވީގޮތެއް އެންގޭނެއެވެ.

މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯނު ނަންބަރު   9199153 (ވާރކް ވީޒާ ހޮޓްލައިން)،  9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިން)، 7980408 (އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސެކްޝަން) އަށް ހެނދުނު 10:00 އާއި މެންދުރު 12:00 އާދެމުދު ގުޅުއްވުމަށް ދެންނެވީމެވެ.

26 ޝަޢުބާން 1442

08 އެޕްރީލް 2021

08 އޭޕްރިލް 2021
ހޯދާ