ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

ބީލަން ހުށަހެޅުމުގެ ދައުވަތު
1. ގދ. ތިނަދޫ ކައުންސިލްގެ އިދަރާގައި ބޭނުންކުރާ ވެހިކަލްތަކަށް މަހުން މަހަށް ބިލްކުރާ އުސޫލުން ޑިސަލް އަދި ޕެޓްރޯލް އަޅިއިދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2. މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިއަދުންފެށިގެން 2021 އޭޕްރީލް 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް މެއިލްކޮށްދެއްވުން އެދެމެވެ.
3. މިމަސައްކަތާއި ގުޅޭ މަޢްލޫމާތުޝީޓް އަދި ބިޑް ފޯމް 2021 އޭޕްރީލް 15 ވާ ބުރާސްފަތި ދުވަހު ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައިބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
4. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 އޭޕްރީލް 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޭޕްރީލް 21 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު [email protected] މެއިލްކޮށްދެއްވުން އެދެމެވެ. މިމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މި ބީލަމުގައި ބައިވެރިވުމަށް މެއިލްކުރެއްވި ހުރިހާ ފަރާތްތަކަށް ފޮނުވޭނެއެވެ.
5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 އޭޕްރީލް 25 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ތިނަދޫ ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
6. އިތުރު މަޢުލޫމާތު ހޯދެއްވުމަށް 9413846 އަށް ގުޅުއްވުންއެދެމެވެ.

08 އޭޕްރިލް 2021
ހޯދާ