ދިވެހިރާއްޖެ
| 
 މެޖިސްޓްރޭޓުންގެ ތެރެއިން އެހެން މެޖިސްޓްރޭޓް ކޯޓުގެ މަޤާމަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް އެފުރުސަތު ހުޅުވާލުން  | 
 ނަންބަރު: (IUL)195-C/1/2021/13  | 
||||||||||||||||||||||||
| 
 ތާރީޚް: 08 އެޕްރީލް 2021  | 
|||||||||||||||||||||||||
| 
 
 މިހާރު މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި މެޖިސްޓްރޭޓުންނަށް ތިރީގައި މިދަންނަވާ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް/މެޖިސްޓްރޭޓްކަމުގެ މަޤާމަށް ބަދަލުވުމުގެ ފުރުސަތު "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާތީ އެ ފުރުސަތު ހުޅުވާލަމެވެ. 
 
 ވީމާ އެ ކޯޓަކަށް ބަދަލުވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޯޓަށް ބަދަލުވުމަށް އެދޭ ސަބަބު ބަޔާންކޮށް، 2021 އެޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މި ކޮމިޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ. 
 
 އަދި ދަންނަވަމެވެ. މި ގޮތަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތައް ކޯޓު ބަދަލުކުރުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލަސްޓަރގައި ތިބި ފަނޑިޔާރުންނަށާއި އަދި އެ ކްލަސްޓަރގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިޢާޔަތް ކުރެވޭނެއެވެ. 
  | 
|||||||||||||||||||||||||
